މާލޭ ސްކޭޓް ޕާކާ ދިމާ ބޭރު ތޮށިގަނޑުގެ ހިލަތަކުގެ ތެރޭގައި ތާށިވި މީހަކު ސަލާމަތްކޮށްފިއެވެ.

ފުލުހުން މައުލޫމަތު ދިން ގޮތުގައި ސްކޭޓް ޕާކާ ދިމާ ތޮށިގަނޑުގެ ހިލަތަކުގެ ދޭތެރޭގައި މީހަކު ތާށިވެފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 17:16 ހާއިރު ކަމަށެވެ.

މި ހާދިސާގެ ރިޕޯޓު ލިބުމާ ގުޅިގެން، ހިލަތަކުގެ ތެރޭގައި ތާށިވެފައިވާ މީހާ ސަލާމަތް ކުރުމަށްޓަކައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއާއި ފުލުހުން ގުޅިގެން އެ ސަރަޙައްދުގައި ވަނީ ހަރަކާތްތެރިވެފައެވެ. އަދި އެމީހާ ސަލާމަތްކުރުމަށްފަހު އިތުރު ފަރުވާއަށް މިހާރު ވަނީ އައިޖީއެމްއެޗްއަށް ގެންގޮސްފައެވެ.