ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ޚައިބަރު ޕަޚްތުންޚްވާ ޕްރޮވިންސްގެ ކޮހަތު ސަރަހައްދުގައި ހުންނަ ފުލުހުންގެ މައި މަރުކަޒުގެ މިސްކިތަށް އަމާޒުކޮށްގެން ދިން ހަމަލާއެއްގައި 15 މީހުން ޝަހީދުކޮށްލައިފިއެވެ.

އެ ހަމަލާ ދީފައި ވަނީ މިއަދު ހުކުރު ނަމާދަށް މީހުން މިސްކިތަށްއެރި ވަގުތު، ގޮވާތަކެތި އަރުވާފައި ހުރި ކާރެއް މިސްކިތުގެ ދޮރޯށްޓަށް ގޮއްވާލައިގެންނެވެ.

އެ ހާދިސާގައި އާންމުންގެ 11 މީހުންނާއި ފަސް ފުލުހުން ޝަހީދުވެފައިވާ ކަމަށް ޕެޝަވާރުގެ ސަލާމަތީ އިސް އޮފިޝަލަކާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ. އަދި 50 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށްވެސް އެ އޮފިސަރާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަލާމަތީ މަސައްކަތްތައް ކުރިއަށްދާއިރު އެ ހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ.

މީގެ އިތުރުން މި ހަމަލާގެ ޒިންމާ އަދި މިހާތަނަށް އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެއެވެ.