ހޭދަކުރުން މުހިއްމު އެއް ދައިރާ އަކީ ބަލަހައްޓާން ޖެހޭ ފާރާތްތައް ކަމަށް މިއަދުގެ ހުކުރު ޙުތުބާގައި ބުނެފިއެވެ.
މިއަދުގެ ޙުތުބާގައި، މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުމަށް އަލިއަޅުވާލައި ބުނެފައިވަނީ، މުދާ ހޭދަކުރާން ޖެހޭ މުހިންމު އެއް ދާއިރާއަކީ ތިމާ ބަލަހައްޓާން ޖެހޭ ފަރާތްތައް ކަމަށެވެ.
ޙުތުބާގައި ބުނީ، އަނބިދަރީންނަށް ކޮންމެހެން ކުރާން ޖެހޭ ހޭދައަކީ ތިމާގެ މުދަލުގައި ލައްވައިފައިވާ އެ ބައިމީހުންގެ ޙައްޤެއް ކަމަށެވެ. އަދި އަބުރުވެރިކަމާ އެކު ތިމާގެ އަނބިދަރީންނަށް އުޅެވޭނޭ މިންވަރަށް ތިމާގެ ފެންވަރުގައި ޚަރަދުބަރަދުދޭން ޖެހޭނެ ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.
ޙުތުބާގައި އިތުރަށް ބުނެފައިވަނީ، އަހަރެމެންގެ މާލީ އެންމެހައި ކަންކަމަކީ ﷲގެ ޙަޟުރަތާ ކުއްތަންވުމުގެ ތެރޭގައި ހިމެނޭ ކަންކަމަށް ހަދާންޖެހޭ ކަމަށާއި، ޢަދުލުވެރިކަމާ އެކު ހޭދަކުރުމާއި، އިސްރާފުނުކުރުމާއި ޙާޖަތެއް ނެތި ދަރަނިނެގުމުން އެއްކިބާވާން ޖެހޭ ކަމަށެވެ.
މީގެ އިތުރުން، މާލީ މުޢާމަލާތްތައްކުރުމުގައި ޢަދުލުވެރިކަމާ އެކު ދެމިހުރުމަކީ އީމާންކަމުގެ މަތިވެރި ޢަލާމާތެއް ކަމަށްވެސް ހުތުބާގައި ބުނެފައިވެ އެވެ.
ޙުތުބާގައި ވަނީ، އަޅަމެންގެ މުޖުތަމަޢަކީ އަމާނާތްތެރި، އެއްބަޔަކު އަނެއްބަޔަކަށް އެހީވާ، ހަރުދަނާ މުޖުތަމަޢެއްކަމުގައި ލެއްވުމަށް އެދި ދުއާ ކޮށްފަ އެވެ.