މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް އާ 2 ބޭފުޅަކު އައްޔަންކޮށްފިއެވެ.
މިކަންހާމަކޮށްފައި ވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
ޕީސީބީ އިން ބުނީ، ޕޯސްޓް ލިމިޓެޑްގެ ބޯޑަށް އައްޔަންކޮށްފައި ވަނީ ގއ. ވިލިނގިލި، ވިޝަން، ބުޝްރީ މުހައްމަދު އަދި ގއ. ނިލަންދޫ، ވައިލެޓްވިލާ، ނާސިހް އިބްރާހިމް ކަމަށެވެ.
އެ ކުންފުނީގެ ބޯޑުގައި ތިއްބަވަނީ އަލަށް އައްޔަންކުރެއްވި ދެ ބޭފުޅުންގެ އިތުރުން މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަފީގު، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝަހީދު އިބްރާހިމް އިތުރުން ދެ ނަން އެގްޒެކެޓިވް ބޯޑު މެންބަރުންކަމަށްވާ މަހުމޫދު ރަމީޒް އަބްދުއް ރަހްމާންގެ އިތުރުން އަބްދުﷲ އާދިލް އެވެ.