ޕީޕަލްސް ނެޝަނަލް ފްރޮންޓު، (ޕީއެންއެފް)އިން އިލެކްޝަން ކޮމިޝަންގެ ރައީސް، މުހައްމަދު ޝަކީލުއާ ދެކޮޅަށް ޖިނާއީ މައްސަލައެއް ފުލުހުންގެ އިދާރާއަށް ހުށަހަޅައިފިއެވެ.

ޕީއެންއެފުން ޝަކީލުގެ މައްޗަށް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެދި ފުލުހަށް ހުށަހަޅާފައިވަނީ، އެ ޕާޓީގެ މެމްބަރުންނަށް ނޭނގި ޕާޓީއިން ވަކިކުރަމުންދާ މައްސަލައިގައި ދެކޮޅަށް ހެކި ހެކި ލިބިފައިވާތީ ކަމަށް އެ ޕާޓީއިން މައުލޫމާތު ދީފައިވެއެވެ.

ޕޮލިހަށް މައްސަލަ ހުށަހެޅުމުގެ ކުރިން، މީޑިއާއަށް ދެއްވި އިންޓަވިއުގައި ޕީއެންއެފްގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ވެރިކަން ކުރާ ޕީއެންސީން ބޭނުންވާ ގޮތަކަށް، ޕީއެންއެފްގެ ދަފްތަރުން އުނިކޮށް އެކި ޕާޓީތަކަށް މީހުން ވައްދާ ކަމަށް ތުހުމަތުކުރައްވާފައެވެ.

އިލެކްޝަން ކޮމިޝަނުން މި ފަހުން ހާމަކޮށްފައިވާ ގޮތުގައި، އީފާސް މެދުވެރިކޮށް ނޫނީ މިހާރު ޕާޓީއިން ވަކިނުވެވޭނެ އެވެ. އެހެންކަމުން މެމްބަރުން ނޭނގި ޕާޓީތަކުން އެ މެމްބަރުން ވަކިވަމުންދާ މައްސަލައިގައި އީސީ ޖަވާބުދާރީވާން ޖެހޭނެ ކަމަށް ޕީއެންއެފުން ހާމަކޮށްފައިވެއެވެ.