ގެދޮރު ބިނާކުރުމަށް ދޫކުރާ "ހިޔާވެހި" ފައިނޭންސިންގެ ދަށުން ބިލިއަނަކަށްވުރެއް ގިނަ ފައިސާ އެޕްރޫވް ކޮށްފިއެވެ.

ބިނާރާއި، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ހިޔާވެހި ފައިނޭންސިން ސްކީމުގެ ތަފާސްހިސާބުތަކަށް ބަލާލާއިރު، ޖުމްލަ 1،084،537،557.48 ރުފިޔާ ދޫކުރުމަށް ވަނީ އެޕްރޫވް ކޮށްފައެވެ.

އޭގެ ތެރޭގައި، 1329 ރަށްވެހި އެޕްލިކޭޝަން، 586 ސަހަރު އެޕްލިކޭޝަން އަދި 341 ފަހިމާލެ އެޕްލިކޭޝަން ހިމެނެ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިހާތަނަށް ބޭންކުން ފައިނޭންސް ދޫކުރަން އެޕްރޫވް ކުރީ 839 އެޕްލިކޭޝަނަށެވެ.

ހިޔާވެހި ފައިނޭންސިން ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ މާލީ ދަތިކަމުގެ ސަބަބުން ގެދޮރު އިމާރާތްކުރަން ނުފެށިވާ ނުވަތަ ފަށައި ނުނިމި ހުރި ފަރާތްތަކަށް އެހީތެރިވުމެވެ. އަދި މާލޭގެ ތޮއްޖެހިފައިވާ ސަރަހައްދުތަކުގައި ކުދި ގޯތިތައް އެއްކޮށްގެން ގެދޮރު އިމާރާތްކުރުމަށްވެސް މި ޕްރޮގްރާމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދެއެވެ.