ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން 3086 ރަޖިސްޓްރީ ދޫކޮށްފި އެވެ.

ބިނާރާ، ގެދޮރުވެރިކަމާއި، އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ހަވާލުކުރެވުނު ގޯތިތަކާއި ރަޖިސްޓަރީތަކުގެ ތަފާސްހިސާބު އާންމުކޮށްފައިވާ އިރު، ޖުމްލަ 3،548 ޕްލޮޓު ދޫކުރަން އެ ވުޒާރައިން ހަމަޖައްސާފައިވާކަމަށް ދައްކަ އެވެ. އަދި މިހާތަނަށް 3086 ރަޖިސްޓްރީ ދޫކޮށްފައިވާ ކަމަށް ވެސް އެ ހިސަބުތަކުން ދައްކަ އެވެ.

ހިސާބުތަކުން ދައްކާގޮތުގައިއެ ވުޒަރާއިން ވަނީ ރަޖިސްޓްރީތައް ހަވާލު ކުރުމުގެ 87 އިންސައްތަ ނިންމާފަ އެވެ.

މީގެ އިތުރުން، ބިންހަވާލުކޮށްފައިވަ އަދަދަށް ބަލާލާއިރު، 1393 ބިން ވަނީ ހަވާލުކޮށްފަ އެވެ. އެއީ ބިން ހަވާލު ކުރުމުގެ 39.3 އިންސައްތަ އެވެ.

އެ ވުޒާރާއިން ވަނީ، ގުޅިފަޅުން ލިބިފައިވާ ގޯތި ހަވާލުކުރިކަމުގެ ލިޔުން ހިޔާވެހި ޕޯޓަލް މެދުވެރިކޮށް މިހާރު ލިބޭނެ ކަމަށް ބުނެފަ އެވެ. އަދި ގުޅިފަޅުން ތިލަމާލެ ބްރިޖް މަޝްރޫއަށާއި އެކި ބޭނުންތަކަށް ދޫކޮށްފައިވާ ސަރަހައްދުގައި ހިމެނޭ ގޯތިތައް، އެ ބިންތައް ހުސްކުރެވުނުހާ އަވަހަކަށް ހަވާލުކުރެވޭނެ ކަމަށްވެސް އެ ވުޒާރާއިން ބުނެ އެވެ.