މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެވެ.

ފުލުހުން މިއަދު ބުނީ މާލެ، ގަލޮޅު، ހުވަފެނީގޯޅީގައި ބަޔަކު މާރާމާރީ ހިންގާ ކަމުގެ މައުލޫމާތު 2026 ސެޕްޓްމްބަރު 17 ވަނަ ދުވަހުގެ ދަންވަރު 02:32 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި މާރާމާރީގައި އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ. އަދި އޭނާ އަށް ފަރުވާދިނުމަށްޓަކައި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.