އެއްވެސް ސިޔާސީ ލީޑަރަކަށް މިހާރު އެއްވެސް ބިރުވެރިކަމެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހްކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން ރާއްޖޭގައި ސިޔާސީ ހަމަޖެހުން ގާއިމްކޮށްފައިވާނެ ކަމަށެވެ.

ރައީސް ވަނީ ސަރުކާރަށް ތިން އަހަރުވާން ގާތްވެފައި ވާއިރު، އެއްވެސް ސިޔާސީ ލީޑަރަކު ޖަލަށް ލާފައި ނުވާނެ ކަމުގައި ފާހަގަކުރައްވާފައެވެ. އަދި ސިޔާސީ ގޮތުން ބަދަލު ހިފުމަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މިހާރު އެއްވެސް ސިޔަސީ ލީޑަރަކަށް ނޯންނާނެ އެއްވެސް ބިރުވެރިކަމެއް، އެ ބޭފުޅަކު ބޭނުންވަ ސިޔާސި މަސައްކަތެއް ކުރުމުގެ އެއް. އެހެންވީމަ އަޅުގަނޑު ބޭނުންވީ މިގައުމަށް ހަމަ ޖެހުން އަންނަން، ގެންނަން. އެގޮތުގައި އަޅުގަނޑުމްނެ މަސައްކަތް ކުރައްވަމުން މި ގެންދަވަނީ. މި ގައުމުގައި އެއްވެ އުޅުމަކަށް އެއްވެސް ހުރަހެއް ނެތް"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސް އިތުރަށް ވިދާޅުވީ ޕީއެންސީގެ ސިޔާސަތަކީ، ވަށާޖެހޭ ހަގީގީ ތަރައްގީއާއި، ހަމަޖެހުން އަދި ރައްކާތެރިކަން ހޯދައިދިނުން ކަމަށެވެ.

މީގެ އިތުރުން، ރައްކާތެރިކަން މާނަކުރަނީ ވަރަށް ފުޅާ ދާއިރާއެއްގައި ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މިނިވަން ކަމާއި، ސިޔާދަތާއި އިސްތިގުލާލު ހިމާޔަތް ކުރުމާއި، އިޖުތިމާއީ ރައްކާތެރިކަން އަދި އަމަން އަމާންކަން ރައްކާތެރި ކުރުންވެސް އޭގެތެރޭގައި ހިމެނޭ ކަމަށެވެ.

ރައީސް ވަނީ އުނދަގޫ ބޮޑެތި މައްސަލަތަކަށް އެޑްރެސްކުރަން ފެއްޓެވީ އެހެންވެ ކަމަށް ވިދާޅުވެފަ އެވެ.

މި ގައުމުގައި އެތައް ލައްކަ ބިދޭސީންނެއް އުޅޭ، މީގެ ކުރިން އެމީހުން އުޅޭ ތަނެއްވެސް ނޭނގެ، އެއީ ކޮން ބައެއް ކަމެއްވެސް ނޭނގެ. އެންމެ ފުރަތަމަ އެމީހުން ތިބި ތަނެއް ދެނެގަތުން ނުންތޯ އެމީހުން މިތަނުގައި ތިބޭނީތޯ ނޫނީ، އެމީހުންނާ ދޭތެރޭގައި އެންމެ ހަމަޖެހޭ ގޮތަކަށް ނިންމާނީ ކޮންކަމެއްތޯ ނިންމަންވެސް އިނގޭނީ. އެހެންވީމާ އަޅުގަނޑުމެން ބޮޑު މަސައްކަތެއް ފެށީ"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ، ޕީއެންސީގެ ސިޔާސަތު، އަދި ފަލްސަފާ މިގޮތުގައި ކުރިއަށްދާނެ ކަމަށެވެ.