ސަރުކާރު ހިންގާ މައި ޕާޓީ،ޕީޕަލް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިހާތަނަށްބާއްވާ އެ ޕާޓީގެ އެންމެ ބޮޑު ކޮންގްރެސްކަމަށްވާ މަތީ މަޖިލީހުގެ ކޮންގްރެސް 1300އަށްވުރެ ގިނަ މަންދޫބުންނާއެކު މިއަދު ފަށައިފިއެވެ.

ޔޫތު ސެންޓަރުގައި މިއަދު ފެށި އެ ކޮންގްރެސް މި މަހުގެ 18 އާއި ހަމައަށް ކުރިއަށްދާނެއެވެ. މި ކޮންގްރެސްގައި ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ޗެއަރޕާސަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއާއި، ޕާޓީގެ ނައިބު ރައީސް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ލީޑާޝިޕްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

އެ ކޮންގްރެސްގެ ފުރަތަމަ ސެޝަނަށްފަހު، ޕާޓީގެ އަސާސީ ގަވާއިދު އެކުލަވާލުމުގެ މަސައްކަތާއި ގައުމީ ތަރައްގީގެ މުހިންމު ދާއިރާތަކާ ގުޅޭގޮތުން ސެޝަންތަކެއް ކުރިއަށް ގެންދަން ވަނީ ރާވާފައެވެ.

މީގެ އިތުރުން އެ ކޮންގްރެސް ނިންމާލުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހު ކުރިއަށްގެންދާ ކޮމިއުނިކޭޝަންސް ސެޝަނަކާއި، އެކުވެރިކަމުގެ 'ވިލުނޫ ހަވީރު' އަދި ކޮންގްރެސް ނިންމުމަށް ބާއްވާ ފޮޓޯ ސެޝަނަކާއެކުއެވެ.