ޑިމޮކްރަސީގެ އެންމެ ވަރުގަދަ އަލިގަދަ ދަންމަރަކީ ހޭލުންތެރި ޖީލެއް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ޝަކީލް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ޝަކީލް ވިދާޅުވީ، އަނދިރިކަމުގެ ތެރެއަށް އަލިކަން ގެނެސްދެނީ ޢިލްމާއި ހޭލުންތެރިކަމުގެ ސަބަބުން ކަމަށެވެ. މީގެ އިތުރުން ޝަކީލް ވިދާޅުވީ ޑިމޮކްރަސީގެ އެންމެ ވަރުގަދަ އަލިގަދަ ދަންމަރަކީ ތަޢުލީމީ އަދި ހޭލުންތެރި ޖީލެއް ކަމަށެވެ.
ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަހަކީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހެވެ. 2007 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކި ގައުމުތަކުގައި މި ދުވަސް އަންނަނީ ކުލަގަދަގޮތެއްގައި ފާހަގަކުރަމުންނެވެ.