ރ. ފުއްގިރީގައި ހުރި އެންޓަނާއެއްގެ މަސައްކަތުގައި އުޅުނު ބިދޭސީއަކު އެއިން ވެއްޓި، އޭނާއަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.

ފުލުހުން މިރޭ ބުނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުންދާ ރ. ފުއްގިރީގައި މަސައްކަތްކުރަމުންދިޔަ ބަންގްލަދޭޝްގެ އުމުރުން 25 އަހަރުގެ ފިރިހެނަކު ޓަވަރެއްގެ މަތީގައި މަސައްކަތް ކުރަނިކޮށް ގާތްގަނޑަކަށް 25 ފޫޓު މަތިން ވެއްޓި އަނިޔާވި މައްސަލަ 2026 ސެޕްޓެމްބަރު 14 ވަނަ ދުވަހުގެ 15:58 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އެ ބިދޭސީ މީހާއަށް ފަރުވާ ދެމުންދާ ކަމަށާއި އޭނާގެ ހާލު މި ވަގުތު ސީރިއަސް ނޫންކަމަށް ފުލުހުން މައުލޫމާތުދީފައި ވެއެވެ.

މި ހާދިސާއާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.