އަމާން އުދަރެސް އަދި އަމާން ދޯދި ޓަވަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އެ ޓަވަރުތަކުގެ ކުޑަދޮރުތައް 4 އިންޗިއަށް ހުޅުވޭގޮތަށް ބަދަލުގެނެސްފިއެވެ.

އެފްޑީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެ މަސައްކަތުގެ ވީޑިއޯ ހިއްސާކޮށްފައެވެ.

އެ ޕޯސްޓުގައި އެފްޑީސީން ބުނީ އަމާން އުދަރެސް އަދި އަމާން ދޯދި ޓަވަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެ ކޯޕަރޭޝަނުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ޓަވަރުތަކުގެ ކުޑަދޮރުތައް ވަކިވަރަކަށް ހުޅުވޭގޮތަށް އެޖެސްޓް ކުރަން ފަށާފައިވާ ކަމަށެވެ.

އެފްޑީސީން ކުރި އެ ޕޯސްޓުގައި ބުނީ އަމާން އުދަރެސް އަދި އަމާން ދޯދި ޓަވަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެ ކޯޕަރޭޝަނުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ޓަވަރުތަކުގެ ކުޑަދޮރުތައް ވަކިވަރަކަށް ހުޅުވޭގޮތަށް އެޖެސްޓް ކުރަން ފަށާފައިވާ ކަމަށެވެ.

އެގޮތުން ކުރީގައި އެ ކުޑަދޮރުތައް ހުޅުވޭނީ 55 އިންޗިއަށް ކަމަށާއި މިހާރު އެ ކުޑަދޮރުތައް ހުޅުވޭނީ ހަތަރު އިންޗިއަށް ކަމަށްވެސް އެފްޑީސީން ވަނީ ބުނެފައެވެ.

ނަމަވެސް ހަތަރު އިންޗިއަށް އެ ދޮރުތައް ހުޅުވުނު ކަމަށްވީ ނަމަވެސް އެ ޓަވަރުތަކުގައި އުޅޭ އެެއްވެސް ފަރާތަކަށް ވެންޓިލޭޝަންގެ ދަތިކަމެއް ނާންނާނެ ކަމަށް އެފްޑީސީން ވަނީ ބުނެފައެވެ.

އަމާން ޓަވަރުތަކުގެ ކުޑަދޮރުތައް 4 އިންޗިއަށް ހުޅުވޭގޮތަށް ބަދަލުކުރަމުން އަންނައިރު، އެޗްޑީސީގެ ސީއެސްއާރުގެ ދަށުން، ހާއްސަ އެހީއަށް ބޭނުންވާ ކުދިން އުޅޭ ގެތަކުގެ ބެލްކަނިތައް 1.4 މީޓަރަށް އުސްކޮށްދިނުމާއި ސީރިއަސް ބަލިތަކުގެ މީހުން ދިރިއުޅޭ ގެތަކުން ބޭނުންވާ ނަމަ، އެޗްޑީސީގެ ސީއެސްއާރުގެ ދަށުން ބެލްކަނިތައް އެއްކޮށް ބަންދުކޮށްދިނުމުގެ މަސައްކަތް ކޮށްދޭން ވަނީ ނިންމާފައެވެ.