މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑްގެ ޗެއަރމަންކަމުގެ މަޤާމަށާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް އަޙްމަދު ޝަހީރު އައްޔަން ކުރައްވައިފިއެވެ.
އޭނާ އެންމެ ފަހުން އަދާކުރައްވާފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއަރމަންގެ މަޤާމެވެ.
އެސްޓީއޯގައި ގާތްގަނޑަކަށް 29 އަހަރު ޚިދުމަތް ކުރެއްވިއިރު، ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި (2015 އިން 2018 އަށް) އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯގެ މަޤާމު ޝަހީރު ފުރުއްވިއެވެ.
ފެބްރުއަރީ 2024 އިން ފެށިގެން އޮގަސްޓް 2024 ގެ ނިޔަލަށް ފެނަކަ ކޯޕަރޭޝަން ގެ ޗެއަރމަންކަން އޭނާ އަދާ ކުރެއްވިއެވެ.
މެއި 2025 ގައި އެޗްޑީސީގެ ޗެއަރމަންގެ މަޤާމަށް އައްޔަނުކުރެވުނު ނަމަވެސް، ސެޕްޓެމްބަރު 2026 ގައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވަނީ އޭނާ އެ މަޤާމުން ވަކިކޮށްފައެވެ.