މަދަނީ މައްސަލަތަކުގެ މަރުހަލާގައި ނަގައި ވަގުތު އަވަސް ކުރުމަށާއި އިޖްރާއަތްތައް ފަސޭހަ ކުރުމަށްޓަކައި އިސްލާހުތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ މަދަނީ މައްސަލަތައް ކުރިއަށް ގެންދިޔުމުގައި ވަރަށް ގިނަ ދަތިތައް ރައްޔިތުންނަށް ދިމާވެ ލަސްތަކެއްވާކަން ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ މަދަނީ ކުދި ކުދި މައްސަލަތަކަށް ފަސޭހައިން ކޯޓަށް ހުށަހެޅި އަވަހަށް މައްސަަލަތައް ނިންމޭނެ ގޮތަށް ނިޒާމެއް ގާއިމް ކުރުމަށްޓަކައި ސްމޯލް ކްލޭމްސް ކޯޓެއް ގާއިމް ކުރުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ހުށަހަޅުއްވާނެކަމަށެވެ.

މިސާލަކަށް އެއް ލައްކައަށް ވުރެ ކުދި މައްސަލަތައް ފަސޭހައިން ހުށަހެޅި އަވަހަށް ނިންމާލެވޭނެ އަވަސް ނިޔާ ކޯޓު ނިޒާމެއް. އެހެންވީމަ އެކަހަލަ ކަންތައްތައް ފަސޭހަ ވާނެ ގޮތަށް ސްމޯލް ކްލޭމްސް ކޯޓެއް ގާއިމްކުރުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހު ހުށަހެޅުމަށް އަދި ބޮޑެތި ވިޔަފާރީތަކާއި ގުޅިފަ ހުރި މައްސަލަތަށް ވެސް އިޖްރާއިން ގޮތުން އޮންނަ ޕްރޮސީޖާ ފަސޭހަ ކުރެވި އަވަސްކަމާއި އެކީގައި ބެލޭނެ ގޮތް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

އެހެންނަމަވެސް އެއީ އަވަސް ކުރެވިދާނެ ކަންކަން ފާހަގަކުރައްވާ ރަައީސް ވިދާޅުވީ، ވިޔަފާރީތަކަށް ފަހިކޮށް ދިނުމަށްޓަކައި ޝަރުއީ ދާއިރާވެސް އެފިޝެންޓްވާން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ބޮޑެތި ވިޔަފާރީގެ މައްސަލަތައް ވެސް އަވަހަށް ބެލޭނެ އިޖްރާއަތްތައް ކަނޑައަޅާ ކޮމާޝަލް ޑިވިޝަނެއް ގާއިމްކުރުމަށް ސިވިލް ކޯޓުގައި ނުވަތަ ވަކިން މާކެންޓައިލް ކޯޓެއް ގާއިމް ކުރުމަށް ވެސް ދިރާސާ ކުރަމުން ގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ބޮޑެތި ވިޔަފާރީއާއި ގުޅޭ މައްސަލަތައް ވަކިން ހަދާ ޑިވިޝަނެއްގެ ތެރެއިން ބެލޭގޮތް ނުވަތަ ވަކި ކޯޓެއް ގާއިމް ކުރުމަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.