ފެނަކަ އުވާލުމަށްފަހު ސްޓެލްކޯއާއި އެއްކޮށްލަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
މިއަދު ރައީސް އޮފީހުގައި ކުރިއަށްދާ ޕްރެސް ބްރީފިންގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މި މަރުހަލާ ނިމުމުން މުޅި ރާއްޖޭގައި ހިދުމަތްދޭނީ ސްޓެލްކޯއިން ކަމަށެވެ. އެހެންކަމުން ފެނަކައިން ކުރާ ހުރިހާ މަސައްކަތް އެއްކޮށް ސްޓެލްކޯއަށް ބަދަލު ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަކީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްތަކަކަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް 2012 ވަނަ އަހަރު އުފެއްދި ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުންޏެވެ.