މިދިޔަ އަހަރު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އަށް ސާފު ފައިދާގެ ގޮތުގައި 59.9 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެގޮތުން އެ ކުންފުނީގެ މިދިޔަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައިވާ ގޮތުން މިިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ އާއި ސާފު ފައިދާ ވަނީ 2024 ވަނަ އަހަރާ އަޅާބަލާއިރު އިތުރުވެފައެވެ.

އެ ރިޕޯޓުން އެނގޭގޮތުގައި 2025 ވަނަ އަހަރު އެމްޕީއެލް ގްރޫޕަށް އާމްދަނީގެ ގޮތުގައި 949.9 މިލިޔަން ރުފިޔާ ލިބިފައިވާއިރު 2024 ވަނަ އަހަރު ލިބިފައި ވަނީ 860.5 މިލިޔަން ރުފިޔާއެވެ.

އަދި އެ ކުންފުންޏަށް އާމްދަނީ ލިބިފައިވާ ގޮތަށް ބަލާއިރު އެންމެ ބޮޑު އާމްދަނީ އެއް ލިބިފައި ވަނީ މުދާ ބޯޓަށް ބަރުކޮށްގެންނެނެވެ. މުދާ ބޯޓަށް ބަރުކޮށްގެން 314 މިލިޔަން ރުފިޔާ އެމްޕީއެލްއަށް ލިބިފައި ވާއިރު، ދެން އެންމެ ގިނައިން އާމްދަނީ ލިބިފައި ވަނީ ބޯޓުން މުދާ ހުސްކުރުމާއި، ބޯޓުފަހަރު އައުމާއި ޕައިލެޓް ކުރުމުގެ ހިދުމަތުންނެވެ. މީގެ އިތުރުން ބޯޓުން މުދާ ހުސްކޮށްދިނުމުގެ ޚިދުމަތުން 276 މިލިޔަން ރުފިޔާ ލިބިފައިވާއިރު، ބޯޓު އުމާއި ބައިލެޓްކޮށްގެން 138 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.

އަދި މުދާ ކްލިއާ ކުރުމުގެ ޚިދުމަތުން 86 މިލިޔަން ރުފިޔާ، ބޯޓުފަހަރާއި ސާމާނު ކުއްޔަށް ދޫކޮށްގެން 10 މިލިޔަން ރުފިޔާ،

ހުސް ކޮންޓޭނަރާއި ބޯޓު ފުރުމުގެ ޚިދުމަތުން 75 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް އެމްޕީއެލްގެ އޮޑިޓް ރިޕޯޓުން ދައްކައެވެ.

އެ ރިޕޯޓުން ދައްކާގޮތުގައި ކަރަންޓާއި ފެން ވިއްކައިގެން 37 މިލިއަން ރުފިޔާ، އަދި މުދާ އުފުލުމުގެ ހިދުމަތުން 2.4 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.

އެމްޕީއެލްގެ އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި އެ ކުންފުނިން ވަނީ މުވައްޒަފުންނަށް ކުރާ ހޭދަ ދަށްކޮށްފައެވެ. މިގޮތުން އެ ކުންފުނީގެ މުވައްޒަފުންނަށް ކުރާ ހަރަދުތައް 675.7 މިލިޔަން ރުފިޔާއިން 645.8 މިލިޔަން ރުފިޔާއަށް ވަނީ ޚަރަދުތައް ކުޑަކޮށްފައެވެ.