މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 2,538 އަށްވުރެ ގިނަ ކުދިން އުފަންވެފައިވާ ކަމަށް

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) ގެ ތަފާސް ހިސާބުން ހާމަވެއްޖެއެވެ.

އެމްބީއެސް އިން ނެރުނު "މޯލްޑިވްސް ވައިޓަލް ސްޓެޓިސްޓިކްސް ކުއާޓަލީ ބުލެޓިން" ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، މި އަހަރުގެ ފުރަތަމަ ދެ ކުއާޓާގައި 2،538 ކުދިން އުފަންވި އެވެ.

އެގޮތުން އެއީ ފުރަތަމަ ތިން މަސް ދުވަހު 1،225 އަދި ދެ ވަނަ ކުއާޓާގައި 1،313 ކުދިންނެވެ. އޭގެ ތެރެއިން، 1،309 އާއެކު އެންމެ ގިނައީ ފިރިހެން ކުދިންނެވެ.

މީގެ އިތުރުން އެ މުއްދަތުގައި ރާއްޖޭގައި 813 މީހުން މަރުވެފައިވާ އިރު އެއީ 722 ދިވެހިންނާއި 89 ބިދޭސީންނެވެ. މިގޮތުން އޭގެ ތެރޭގައި ވެސް 490 މީހުންނާއެކު ގިނައީ ފިރިހެނުންނެވެ.

އަދި މަރުވި މީހުންގެ ތެރެއިން އެންމެ ބޮޑު ޕަސެންޓެއް ހިއްސާކުރަނީ އުމުރުން ދުވަސްވީ މީހުންނެވެ.

އޭގެ ތެރޭގައި އުމުރުން 65 އަހަރުން މަތީގެ 488 މަރު އަދި އުމުރުން 18-64 އަހަރާ ދެމެދުގެ 263 މަރު ހިމެނެއެވެ. ހަމައެހެންމެ ތުއްތުކުދިން (0-4 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން 30 މަރުއަދި އުމުރުން 5-17 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން 10 މަރު ހިމެނެއެވެ.

މީގެ އިތުރުން މިދިޔަ އަހަރު އެންމެ ގިނަ މީހުން މަރުވެފައިވަނީ މާލެ ސަރަހައްދުގައެވެ. މާލެ ސަރަހައްދުގައި 450 މީހުން މަރުވި އިރު އަތޮޅުތަކުގައި މަރުވެފައި ވަނީ 343 މީހުނެވެ.