ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފު؛ުހުން އާންމުކޮށްފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބ. ކިހާދޫ / ޒުވާރިމާގެ، (18އ) އާމިނަތު ޝަހާމާ ހަމީދު އާއި، ރ. މަޑުއްވަރި / ރަންތަރި، (31އ) މުހައްމަދު ނަޖީހް އެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރުގެ ދަށުން ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ، މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އެ މީހުން ހައްޔަރުކޮށް، ކޯޓު އަމުރުގެ ދަށުން، މާލޭގެ މައްޗަންގޮޅި ގެއެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ބެލެވޭ 20.19 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުހައްމަދު ނަޖީހް 15 ދުވަހަށް އަދި އާމިނަތު ޝަހާމާ ހަމީދު ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްއިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.