މާލެ، ބޮޑުތަކުރުފާނުމަގު، ދަރުބާރުގެ ކައިރީ ބަހަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި 2 މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މިރޭ ބުނީ އެ އެކްސިޑެންޓް ހިނގާފައިވާކަމުގެ މައުލޫމާތު ރިޕޯޓުކޮށްފައި ވަނީ މިއަދު ހަވީރު 17:10 އެހައިކަންހާއިރު ކަމަށެވެ.
އެގޮތުން މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން 69 އަހަރުގެ ދިވެހި ފިރިހެނަކަށާއި ސައިކަލު ފަހަތުގައި އިން 72 އަހަރުގެ ދިވެހި އަންހެނަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެމީހުންނަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާކަމަށް ފުލުހުން ހާމަކުރެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.