ހުޅުމާލެ ފޭސް 2 ގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި، އަނިޔާވި މީހާއަށް ޓްރީޓޮޕް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ހުޅުމާލެ ފޭސް 2، ހީނާމާ ހިނގުމާއި ދުނބުރިގަސް މަގު ގުޅުނު ހަތަރު އަނގޮޅީގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓް ވެފައިވާކަމުގެ މައުލޫމާތު ލިބިފައިވަނީ 2026 އޯގަސްޓް 31 ވަނަ ދުވަހުގެ ހެނދުނު 07:44 އެހައިކަންހާއިރު ކަމަށެވެ.
އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން 62 އަހަރުގެ ދިވެހި ފިރިހެން މީހާއަށް އަނިޔާވެ، ދަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
އެކްސިޑެންޓްގައި އަނިޔާވި މީހާގެ ސިކުނޑީގެ ކަނާތް ފަރާތަށް ލޭއެޅިފައިވުމާ ގުޅިގެން 2026 އޯގަސްޓް 31 ވަނަ ދުވަހު ބޮލުގެ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށް ވެސް އާއިލާއާ ހަވާލާދީ ފުލުހުން މައުލޫމާތުދެ އެވެ.