ހުޅުމާލެ ފޭސް 2 ގައި ހުންނަ ސްޓެލްކޯގެ ފްލެޓެއްގެ މަތިން ކުޑަ ކުއްޖަކު ވެއްޓި ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ އުމުރުން 2 އަހަރުގެ ކުޑަ ކުއްޖެކެވެ. ކުއްޖާ ވެއްޓިފައިވަނީ މިއަދު މެންދުރު 12:40 ހާއިރުއެވެ. ކުއްޖާ ހުޅުމާލެ ހޮސްޕިޓަލަށް ގެނައިއިރުވެސް އޮތީ ނިޔާވެފައިކަމަށް ހޮސްޕިޓަލުން ބުނެއެވެ.

އެސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ފްލެޓަކުން ކުއްޖަކު ވެއްޓި ނިޔާވިއިރު އިއްޔެވެސް ވަނީ ފްލެޓަކުން ކުއްޖަކު ވެއްޓިފައެވެ. އެކުއްޖާއަށް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ.