ލިމިޓް ބޮޑުކުރި ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވި ނަމަވެސް ވިޔަފާރިތަކަށް ޓީޓީ ނުހެދޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަދައްކަވަމުން ފައްޔާޒު މިހެން ވިދާޅުވެފައި ވަނީ އިއްޔެ ބޭއްވު ނޫސްވެރިންގެ ބައްދަލުވުމުގައި %50 ޓީޓީ ބޭނުންވާ ކޮންމެ މީހަކަށް ދޫކުރާ ަކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެފައި ވާތީއެވެ. އެގޮތުން އެކަމާ ގުޅިގެން ފައްޔާޒު ވިދާޅުވީ މިއަދު ރައީސް މުޢިއްޒު ހަމަ އެސްފިޔައެއްވެސް ޖަހާނުލާ ވިދާޅުވީ %50 ޓީޓީ ބޭނުންވާ ކޮންމެ މީހަކަށްދެމުން އަންނަ ކަމަށާއި އެއީ އިތުރުފުޅެއް ކަމަށެވެ.

އަމިއްލަ ފަރުދުންނަށްވެސް ކާޑުންނުކެނޑޭ ކަމަށާއި އަމިއްލައަށް 100 ޕަސަންޓު ޑޮލަރު ލައިގެން ޓީޓީ ކުރުމުންވެސް އެ ފައިސާ ސަޕްލަޔަރާ ހިސާބަށް ދަނީ ތިން ހަފްތާ ފަހުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އަދު ރައީސް މުޢިއްޒު ހަމަ އެސްފިޔައެއްވެސް ޖަހާނުލާ ވިދާޅުވީ %50 ޓީޓީ ބޭނުން"މި ކޮންމެ މީހަކަށް ދެމޭ. ރޯ ބުހުތާނު ދޮގު އެންމެ ވިޔަފާރިވެރިއެއްވެސް ދައްކަވާ %10 ޕަސެންޓުވެސް ޓީޓީއަކަށް ލިބިގެން އުޅޭ.އަމިއްލަ އަށް ސަތޭކަ ޕަސެންޓް ޑޮލަރު ގެންގޮސްލީމާ 3 ހަފްތާ އެބަވޭ އެ ޓީޓީ ދާން. ކޮންތާކުތޯ ލާރި ބަހައްޓައިގެން މި އުޅެނީ.ހަގީގަތަކީ ރަނގަޅަށް ހިނގަހިނގަ އޮތް ގައުމެއް ބާރު ސްޕީޑުގަ ކުރިއަރަމުން އައި ގައުމެއް މީނަގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން މުޅި ގައުމުގ އިގްތިޞާދު ފަނަރަ 20 އަހަރަށް މި ފަހަތަށް ޖައްސާލީ."

ފައްޔާޒު އިސްމާއިލް

ފައްޔާޒް ވިދާޅުވީ މުއިއްޒުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ރާއްޖެ އެތައް އަހަރަށް ފަހަތަށް ގޮސްފައިވާ ކަމަށާއި މިގޮތުން ގޮތުން ރާއްޖޭގެ އެތައް ވިޔަފާރިތަކެއް ފުނޑުފުނޑުވެފައިވާ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

ހަމައެހެންމެ 20 ޕަސަންޓު ނެގިއިރުގައިވެސް 40 ޕަސަންޓު ނެގީމަވެސް ކުރާނެ ކަމަކީ އެބޭފުޅުން ބޭނުންވާ މީހުންނަށާއި ވިޔަފާރިތަކަށް އެ ލާރި ދިނުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އަދި ސަރުކާރުން ޑޮލަރު ދެނީ ބޭނުންވާ ވަކި ބަޔަކަށް ކަމަށާއި އެމްއެމްއޭއިން ބޭސްފަރުވާއަށޭ ކިޔާފައި އައިޑީ ކާޑު ލިސްޓެއް ލިބުމުން އެއަށް ބިނާކޮށް 1،000 ޑޮލަރު ދޫކުރަމުންދާ ކަމަށް ފައްޔާޒު ވަނީ ތުހުމަތު ކުރައްވާފައެވެ.

ބޭރަށް ގޮސްފައި އެ އަންނަނީ ކިތައް ފިހާރައަށް ވަދެފައި، ކިތައް ހޮސްޕިޓަލަށް ވަދެފައި ބިލު ނުދެއްކިގެން ލަދުން ނުކުންނަން ޖެހިގެެންތޯ ފައްޔާޒު ވަނީ ސުވާލުކުރައްވާފަައެވެ. އަދި ކްރެޑިޓް ކާޑުން، ޑެބިޓް ކާޑުން ނުކެނޑިގެން، ބިލު ނުދެއްކިގެން އުޅޭއިރު ހަމަ ޖެހިލުމެއް ނެތި ދޮގު ހަދަމުން ދާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.