ތިނަދޫ ސިޓީގެ ސިނާއީ ސަރަހައްދުގައި ބިދޭސީން ދިރިއުޅުމަށް ހަދާފައިވާ ތަނެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުންނަށް މި ހާދިސާ ރިޕޯޓްކޮށްފައިވަނީ ފަތިހު 4:11 އެހައިކަންހާއިރުއެވެ. އަދި ނިޔާވެފައިވަނީ 27 އަހަރުގެ ފިރިހެނެއް ކަން ފުލުހުން ވަނީ މައުލޫމާތު ދިފަައެވެ.
އެ މީހާ ފެނުމާއެކު ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި، އެހެން ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެ މީހާ މަރުވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.