ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި ހާލު ސީރިއަސްވި އުމުރުން 9 އަހަރުގެ ކުއްޖާ ރޭ ފަތިހު ނިޔާވެއްޖެއެވެ.
އެ އެކްސިޑެންޓު ހިނގާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެރޭ 9:04 އެހާކަންހާއިރު ހުޅުމާލެ ފޭސް ދޭއް، ހިތިގަސްމަގު، ވިނަރެސް 7 ކައިރިންނެވެ.
ފުލުހުން ދެންމެ ބުނީ އެ އެކްސިޑެންޓުގައި އަނިޔާވި އުމުރުން 9 އަހަރުގެ ކުއްޖާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް، ރޭ ފަތިހުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށެވެ.
އަދި އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށާއި މިހާތަނަށް ތަހުގީގަށް ލިބިފައިވާ މައުލޫމާތުތަކުގެ ތެރެއިން ހާމަކުރެވެންހުރި ތަފްސީލުތައް މިއަދުގެ ވަގުތެއްގައި ހިއްސާކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި އެ އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ސައިކަލު ދުއްވަން އިން 18 އަހަރުގެ ދިވެހި އަންހެނަކަށާއި، ސައިކަލުގެ ފަހަތުގައި އިން ނުވަ އަހަރުގެ ދިވެހި އަންހެން ކުއްޖަކަށް ކަމަށް ފުލުހުން ކުރިން ބުނެފައި ވެއެވެ.
އެކްސިޑެންޓަށްފަހު އެ ކުޑަ ކުއްޖާއަށް ފަރުވާދެމުން އައީ އައިސީޔޫގައި ވެންޓިލޭޓަރުގައެވެ.