ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ދެ ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފިއެވެ.
މިކަން ހާމަކޮށް ކަސްޓަމްސް އިން މިއަދު ކުރި ޕޯސްޓެއްގައި ބުނީ މިދިޔަ ހޮނިހިރު ދުވަހު ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު ދެ ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އަދި އެއީ ކެނެބިސް ކަމަށް ކަސްޓަމްސް އިން މައުލޫމާތުދެއެވެ.
މިތަކެތި އަތުލައިގެންފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އިންޑިއާއިން ރާއްޖެ އައި އިންޑިއާގެ ފަސިންޖަރެއްގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން އެ ފަސިންޖަރުގެ ލަގެޖު ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމްސް އިން ހާމަކުރެއެވެ.
ހޮނިހިރު ދުވަހު ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 2 ކިލޯގެ ކެނަބިސް އަތުލައިގެންފައިވާއިރު، މި މަހުގެ 21 ވަނަ ދުވަހުވެސް ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.8 ކިލޯގެ ކެނަބިސް ކަސްޓަމްސްއިން ވަނީ އަތުލައިގެންފައެވެ.