މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން(އެމްއެމްބީސީ)ން ރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައިކޮމިޝަނާ ބައްދަލުކޮށްފިއެވެ.

ބަންގްލަދޭޝް ހައިކޮމިޝަނުގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ނައިބު ރައީސް ޒަމްއަތު އަހުމަދު ވަހީދު އެވެ. މެންބަރު އާމިނަތު ސަރާހަތު އިއްޒަތު، މެމްބަރު އަބްދުލް އަޒީޒް އިބްރާހީމްގެ އިތުރުން ސެކެރެޓަރީ ޖެނެރަލް ހަމްދީ އަގީލެވެ.

ބަންގްލަދޭޝް ހައިކޮމިޝަންގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ، އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އެމްޑީ ނަޒްމުލް އިސްލާމެވެ.

މީޑިއާ ކޮމިޝަނުން ބުނީ މިއީ ރާއްޖޭގެ މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ތަފާތު ދާއިރާތަކުން ތަމްރީންތަކަކާއި، ތަފާތު ފުރުސަތުތައް ހޯދައިދިނުމުގެ މަގުސަދުގައި ކޮމިޝަނުން އިސްނަގައިގެން ބޭއްވި މަޝްވަރާ ބައްދަލުމެއް ކަމަށެވެ.

އެގޮތުން މި ބައްދަލު ވުމުގައި މަޝްވަރާކުރެވުނު ކަންކަން ކުރިއަށް ގެންދިއުމުގައި ހައިކޮމިޝަންގެ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީން ކަން ހައިކޮމިޝަނާ ވަނީ ދެއްވާފައެވެ. އަދި މިފަދަ ބައްދަލުވުންތައް އެކި އިދާރާތަކާއެކީ ކުރިއަށް ގެންދިއުމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.