އެސްއެމްއީ ޑިޖިޓަލް މޮބައިލް އެޕް މިއަދު އިފްތިތާހުކޮށްފިއެވެ.

އެސްއެމްއީ ޑިޖިޓަލް މޮބައިލް އެޕްއިން މައުލޫމާތު ދިންގޮތުގައި، މިއަދު ތައާރަފްކުރި މޮބައިލް އެޕް މެދުވެރިކޮށް، ކަސްޓަމަރުންނަށް ރައްކާތެރި އަދި ފަސޭހަ ޕްލެޓްފޯމެއްގެ ތެރެއިން ކޮންމެ ވަގުތަކުވެސް އަދި ކޮންމެ ތަނެއްގައި ހުރެގެންވެސް އެސްއެމްއީ ޑިޖިޓަލްގެ ހިދުމަތްތައް ހޯދޭނެ ކަމަށެވެ. މި އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ ކަސްޓަމަރުންނަށް ފަސޭހަ ޑިޖިޓަލް ތަޖުރިބާއެއް ފޯރުކޮށްދިނުމަށް އެސްއެމްއީ ޑިޖިޓަލްއިން ވަނީ ބުނެފައެވެ.

އެގޮތުން މި އެޕްލިކޭޝަން މެދުވެރިކޮށް:

  • އެސްއެމްއީ ޑިޖިޓަލްގެ ހިދުމަތްތަކަށް އެދެވޭނެ

  • ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ އެންމެ ފަހުގެ އަޕްޑޭޓް ވަގުތުން ބަލާލެވޭނެ
  • ނަގާފައިވާ ފައިނޭންސިންގ ފެސިލިޓީތައް ބަލައި މެނޭޖްކުރެވޭނެ
  • ފަސޭހަކަމާއެކު ފެސިލިޓީތަކަށް ފައިސާ ދެއްކޭނެ
  • ވަގުތުން ނޮޓިފިކޭޝަންތަކާއި މުހިންމު އަޕްޑޭޓްތައް ލިބޭނެ
  • އެސްއެމްއީ ޑިޖިޓަލްއާ މުއާމަލާތްކުރެވޭނެ

މުސްތަގުބަލުގައި މޮބައިލް އެޕް މެދުވެރިކޮށް އިތުރު އާ ހިދުމަތްތަކެއް ތައާރަފުކުރުމަށް ނިންމާފައިވާ ކަމަށާއި މީގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތަކާއި ހިދުމަތްތައް ވިއްކޭނެ ފަދަ މާކެޓް ޕްލޭސެއް ހިމެނޭ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ވަނީ ބުނެފައެވެ.

އެސްއެމްއީ ޑިޖިޓަލް މޮބައިލް އެޕް ދާދި އަވަހަށް އެޕް ސްޓޯރ އަދި ގޫގުލް ޕްލޭ އިން ޑައުންލޯޑް ކުރެވޭނެ ކަމަށާއި އެޕް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވޭނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. އަދި ކަސްޓަމަރުންގެ އެކައުންޓަށް މި ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހުމުން އެކަން އަންގާނެއެވެ. މި އެޕްލިކޭޝަނަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ތިބި ވިޔަފާރިތަކަށް ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ހިދުމަތްތައް ފޯރުކޮށްދީ، މާލީ ދާއިރާގައި އެންމެންގެ ބައިވެރިވުން އިތުރުކުރުމަށް އެސްއެމްއީ ޑިޖިޓަލްއިން ގެންގުޅޭ ފުޅާ ތަސައްވަރުގެ ބައެކެވެ.