އެމްޑީޕީގެ ވެރިކަން ނިމުނުއިރު، ރާއްޖެ އޮތީ މިިވަންކަން ގެއްލޭ ހިސާބުގައި ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ނައިބް ރައީސް ވިދާޅުވީ ދައުލަތުގެ ރިޒާވްގައި އެމްޑީޕީގެ ވެރިކަން ނިމުނުއިރު، ވަރަށް ބައިވަރު ފައިސާ ހުރިއޭ ހީވެދާނެ ކަމަށެވެ. ނަމަވެސް ވެރިކަން ނިމުނުއިރު، ގައުމުގައި އެކައްޗެއްވެސް ނެތް ކަމަށާއި، ރާއްޖެ އޮތީ މިިވަންކަންވެސް ގެއްލޭ ހިސާބުގައި ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް އައުމަށްފަހު ހުރިހާ ކަމެއް އިއާދަ ކުރައްވއިގެން އަލުން އާރާސްތުކުރަން މަސައްކަތް ކޮށްފައިވާ ކަމަށާއި، އައު ޖީލެއް ބިނާ ކުރަންވެސް މަސައްކަތް ކުރެއްވި ކަމަށް ނައިބު ރައީސް ވިދަޅުވި އެވެ.
މީގެ އިތުރުން، އޭރު ރައްޖޭގެ ހާލަތަށް އަލި އަޅުވާލައްވާ ނައިބު ރައީސް ވިދާޅުވީ، ރާއްޖޭގެ އިޖުތިމާއީ ފޭރާން އޮތީ ގެއްލިފައި ކަމަށާއި، ވާހަކަ ދައްކާނެ ރިވެތި ބަހުރުވައެއް ނޯންނަ ކަމަށާއި، މުޖުތަމައުތެރޭގައި އެޔެއް މިޔެއް، އިހުތިރާމްކުރުމެއް ނޯންނަކަމަށާއި، އާއިލީ ގުޅުންތައް އޮތީ ހީނަރުވެފައި ކަމަށާއި، އޮތީ ސިޔާސީ ގޮތުން ހަލަބޮލިކަން އުފެއްދުން ކަމަށެވެ. އަދި އެ ހުރިހާ ކަމަކަށް އެމަނިކުފާނު ޖަވާބުދާރީވީ ކެއްތެރިކަމާ އެކުގައި، ގައުމު ބިނާ ކުރުމުގެ މަސައްކަތުގައި ކަމަށްވެސް ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ، މިހާރުގެ ރައީސްގެ ފަރާތުން ފެނިގެން މިދަނީ ތާރީހީ ބަދަލެއް ކަމަށެވެ. އަދި އެއީ ވެރިންކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ ވެރިންގެ ގޮތުގައި ދެވައްތަރެއްގެ މީހުން ތިބޭ ކަމަށެވެ.
އެގޮތުން ތާރީހެއް އުފައްދައިގެން ކުރިއަށްދާ ވެރިންނާއި، ވެރިކަން ކޮށްލާފަ ދެން އެހިސާބުން ފޮތް ލައްޕާ، ވެރިން ތިބޭ ކަމަށާއި، ރައީސް ސޯލިހު ވަޑައިގަތީ ގައުމު ހަލާކު ކޮށްލާފައި ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.