އިންޖިނިއާސް އެވޯޑްގެ އެޕްލިކޭޝަންތައް އިވެލުއޭޓް ކުރުމަށް ހަތް މެންބަރުގެ ކޮމެޓީއެއް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން އެކުލަވާލައިފިއެވެ.
އެ ވުޒާރާއިން ވަނީ އިންޖިނިއަރިންގެ އެކި ދާއިރާތަކުން ވަކިވަކި ފަރުދުންނަށް ކުރިމަތިލެވޭ އިރު، އެކަޑެމިކް، ދިރާސާ އަދި ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށްވެސް އަމިއްލަ ހައިސިއްޔަތުން ނަން ހުށަހެޅިދާނެ ކަމަށެވެ. ޓީމުތަކާއި މަޝްރޫއުތަކަށް ޚާއްސަ އެވޯޑުތަކަށް، ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން، ކޮންޓްރެކްޓަރުން، ކޮންސަލްޓަންޓުން، ޕްރޮޖެކްޓް ޓީމުތައް އަދި ތަޢުލީމީ ދިރާސާ ޓީމުތަކަށްވެސް ފުރުސަތު ފަހިކޮށްދީފައެވެ.
އެގޮތުން އެ އިންޖިނިއާސް އެވޯޑްގެ އެޕްލިކޭޝަންތައް ވަޒަން ކުރުމަށް އެކުލަވައިލާ އިވެލިއޭޝަން ކޮމިޓީގައި، ވަކި ވަކި ދާއިރާތައް ތަމްސީލުކުރައްވާނެ ފަރާތްތަކުގެ ގޮތުންނާއި، އެ ކޮމިޓީގައި މެންބަރުންގެ ހައިސިއްޔަތުން މަސައްކަތް ކުރާނެ ފަރާތްތަށް ވަނީ އެ ވުޒާރާއިން އިއުލާންކޮށްފައެވެ.
އެ ގޮތުން އެ ކޮމެޓީގެ މެންބަރުނަކީ:
އެކަޑެމިކް އިންސްޓިޓުއުޝަން /ފެކަލްޓީ އޮފް އިންޖީނިއަރިން ދާއިރާއިން ޑރ. ޔޫސުފް ނިޒާމް
- ޕްރައިވެޓް ސެކްޓަރު ދާއިރައިން މުހައްމަދު ސައިދު ސައީދު
- ޕްރައިވެޓް ސެކްޓަރު ދާއިރައިން ޑރ. އަހްމަދު ރަނޭޝް
- ދެމެހެއްޓެނިވި ތަރައްގީއާ ތިމާވެށީގެ ދާއިރާއިން ހަމްދޫން މުހައްމަދު
- އިންޖީނިއަރިން ފަންނުގެ ޕްރޮފެޝަނަލް ބޮޑީއެއްގެ މަންދޫބުގެ ދާއިރާއިން އިސްމާއީލް އިބްރާހިމް
- އިންޖީނިއަރިން ފަންނުގެ ޕްރޮފެޝަނަލް ބޮޑީއެއްގެ މަންދޫބުގެ ދާއިރާއިން މުއާވިޔަތު ޝަރީފް
އެވޯޑު ދިނުމުގައި ހިމެނެނީ އިންޖިނިއަ އޮފް ދަ އިޔަ، ލައިފްޓައިމް އެޗީވްމަންޓް އެވޯޑް، ޔަންގް އިންޖިނިއަ، ވިމެން އިން އިންޖިނިއަރިން، ސަސްޓެއިނަބިލިޓީ ޗެމްޕިއަން، ކޮންޓްރެކްޓަރ އޮފް ދަ އިޔަ އަދި ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު ހިމެނެއެވެ.