ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، (ވީއައިއޭ) އަށް ޖެއްސި ފުލައިޓެއްގައި އިން މީހަކު އެހެން މީހެއްގެ ގައިގައި އަތްލިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތުން ބަލަން ފަށައިފި އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ވީއައިއޭ އަށް ޖެއްސި ފުލައިޓެއްގައި އިން މީހަކު އެހެން މީހެއްގެ ގައިގައި އަތްލިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ސޯޝަލް މީޑިއާއިން ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މި ހާދިސާ ހިނގާފައި ވަނީ ރާއްޖެއަށް ދަތުރުކުރި ފްލައިޓެއްގެ ތެރޭގައި ކަމަށްވީ އިރު، މި އަމަލު ހިންގާފައި ވަނީ ފްލައިޓް ޖެއްސުމާ ހަމައަށް ދަތުރުކުރަމުން ދިޔަ ވަގުތުގައެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ ވަނަވަރު ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުން ބުނީ، މިފަދަ މައްސަލަތަކަކީ ފަސިންޖަރުންގެ ރައްކާތެރިކަމާއި ގުޅިފައިވާ ސީރިއަސް ކަންކަން ކަމަށްވާތީ، ކަމާބެހޭ އިދާރާތަކާ ގުޅިގެން މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގަމުންދާ ކަމަށެވެ.

ސަލާމަތީ ބާރުތަކުން ދަނީ ފްލައިޓްތަކުގެ ތެރޭގައާއި އެއާޕޯޓް ސަރަހައްދުގައި ހިނގާ މިފަދަ ނުރަނގަޅު އަމަލުތައް ހުއްޓުވުމަށްޓަކައި ހާއްސަ ސަމާލުކަމެއް ދީގެން ފިޔަވަޅުތައް އަޅަމުންނެވެ.