ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަން އިން އަންނަ އަހަރުން ފެށިގެން އޮސްޓްރޭލިއާއަށް ޝެޑިއުލް ދަތުރުތައް ކުރުމަށް ނިންމައިފިއެވެ.
އޮސްޓްރޭލިއާގެ މެލްބަންއަށް މޯލްޑިވިއަންގެ ސީދާ ދަތުރުތައް ފެށީ މި އަހަރުގެ މެއި މަހުގެ 18ވަނަ ދުވަހުއެވެ.
އެގޮތުން 3 މަސްދުވަހަށްފަހު ޑިމާންޑަށް ބެލުމަށްފަހު ޝެޑިއުލް ދަތުރުކުރުމަށް މޯލްޑިވިއަނުން ނިންމީ އެގައުމުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވެފައިވާތީއެވެ.
އެހެންކަމުން އަންނަ އަހަރުން ފެށިގެން ޝެޑިއުލްކޮށް ކޮންމެ ހަފުތާއަކު 1 ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވިއަން އިން ހާމަކުރެއެވެ.
މޯލްޑިވިއަނުން ބުނީ މި ދަތުރުތައް ކުރަނީ އެ ކުންފުނީގެ ފްލީޓްގައި ހިމެނޭ އޭ380 މަތިންދާބޯޓުގައި ކަމަށެވެ.
ޓުއަރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އޮސްޓްރޭލިއާ އިން އަހަރުގެ މިހާތަނަށް 31،586 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އޮސްޓްރޭލިއާއަކީ ރާއްޖެއަށް 9ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމުކަން ފާހަގަކޮށްލެވެއެވެ.