މާލޭ ގެއެއްގައި ހިނގި ގޭސް ލީކުވުމުގެ ހާދިސާއާ ގުޅިގެން ހާލުދެރަވި 19 އަހަރުގެ ޒުވާނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

ފުލުހުން އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ، އިއްޔެގެ 10:34 ހާއިރު، މާފަންނު ދިލްކްސާ ގޯޅީގައި ގެއެއްގެ ތެރޭގައި ދެ މީހެއްގެ ހާލު ދެރަވެފައި ތިބިކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެގޮތުން މި ހާދިސާގައި ހާލު ދެރަވެގެން ގޮސް ހޮސްޕިޓަލަށް ގެންދެވުނު 19 އަހަރުގެ އަންހެން މީހާ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށާއި، އޭނާގެ ހާލު މިހާރު ރަނގަޅުވަމުންދާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދޭ ކަމަށް ފުލުހުން ބުނެ އެވެ.

މި ހަދިސާއާ ގުޅިގެން ހޮސްޕިޓަލަށް ގެންދެވުނު ދެ މީހުންގެ ތެރެއިން އެކަކު އިއްޔެ ވަނީ ނިޔާވެފަ އެވެ. ނިޔާވެފައި ވަނީ ރސ:6210، މާލެ، ޒާހިދާ ތައުފީގު އެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.