ޔަހޫދީ ދައުލަތުން ޤައްޒާ އާރާސްތުކުރުމުގެ މަގުޗާޓާއި ދެކޮޅު ހަދަމުންދާތީ ބާއްވާ އޯއައިސީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގަންނަވައިފިއެވެ.

މިމަހުގެ ބައްދަލުވުން ބާއްވަން ހަމަޖެހިފައިވަނީ މާދަމާ، ސައުދީ އަރަބިއްޔާގެ ޖިއްދާގައެވެ. އިސްލާމީ ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ބައްދަލުވުމަކީ، ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ޔަހޫދީ ދައުލަތުން ހިންގަމުންދާ ޢައިރު ޤާނޫނީ ޢަމަލުތައް ކުށްވެރިކޮށް ފަލަސްޠީނުގެ ރައްޔިތުންގެ ބިންތައް ފޭރިގަނެ ހިންގަމުންދާ ޖަރީމާތާކާއި، ދެކޮޅަށް ސަޢުދިީ އަރަބިއްޔާގެ ދަޢުވަތަކަށް ބާއްވާ ޚާރިޖީ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމެކެވެ.

އޯއައިސީގެ މިފަހަރު ބައްދަލުވުމުގައި، ފަލަސްޠީނުގެ މައްސަލައިގެ އިތުރުން އެ ޖަމިއްޔާގެ ސެކެރެޓަރީ ޖެނެރަލް އައްޔަން ކުރުމުގެ ކަންކަންވެސް ކުރުމަށް ހަމަޖެހިފައިވެއެވެ.

މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ތަޤުރީރު ކުރައްވަން ހަމަޖެހިފައިވެއެވެ. ވަޒީރު ވިދާޅުވީ، މި ފަހަރު ބައްދަލުވުމުގައިވެސް ރާއްޖެއިން ފަލަސްޠީނުގެ ރައްޔިތުންގެ ޚައްޤުޤައި ވަކާލާތުކުރައްވާނެ ކަމަށާއި، ޔަހޫދީ ދައުލަތުން ހިންގާ ޢަމަލުތައް ކުށްވެރިކޮށް ޖަވާބުދާރީ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.