ހުޅުމާލޭގައި ފޮތް ކިޔުމުގެ ފުރުސަތު އާންމުންނަށް ފަހިކޮށްދިނުމުގެ ގޮތުން "ބީޗް ބުކް ނޫކް" އެއް ގާއިމުކުރުމަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޝެލްފް ކެއާ ބުކް ކްލަބާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިކަން ހާމަކޮށް އެޗްޑީސީން އެކްސްގައި ކުރި ޕޯސްޓުގައި ބުނީ، ހުޅުމާލޭގެ އަތިރިމަތީ ސަރަހައްދުގައި ގާއިމުކުރާ ބީޗް ބުކް ނޫކްގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގައި އާންމުންނަށް ފޮތް ކިޔޭނެ ފަދަ އެކުވެރި މާހައުލެއް ބިނާކުރުން ކަމަށެވެ.

އެޗްޑީސީން ބުނީ އެތަނުގައި އާންމުން އިސްނަގައިގެން ބަލަހައްޓާ ކުޑަ ލައިބްރަރީއަކާއެކު، ޒުވާނުންނަށް އަމާޒުކޮށްގެން ހަރަކާތްތައް ހިންގާނެ މަރުކަޒެއް ގާއިމުކުރާނެ ކަމަށެވެ.

މީގެއިތުރުން، އެ ބުކް ނޫކްގެ ސަބަބުން ލިޔަންކިޔުމުގެ ހުނަރާއި، އުފެއްދުންތެރިކަން އިތުރުވުމުގެ އިތުރުން، ނަފްސާނީ ދުޅަހެޔޮކަމަށްވެސް ބޮޑު ބަދަލެއް ގެނެވޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.