ޑިމޮކްރޮޓިކް ނިޒާމް ރާއްޖެއަށް ތައާރަފް ކުރުމަށް ދިވެހި ދައުލަތުން ވީ އެއްބަސްވުމަށް ދިވެހި ދައުލަތުން ވަނީ ހިލާފުވެފައި ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައިސް މުހައްމަދު ނަޝީދު ވިދަޅުވެއްޖެ އެވެ.

ތިނަދޫ ސިޓީގައި ބޭއްވި "އާބާދީ 60" ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، އެ ހިލާފު ރައީސް މައުމޫނުގެ 30 އަހަރުގެ ދިގު ދައުރުގައިވެސް ކުރިއަށް ގެންދިޔައި ކަމަށެވެ. އަދި އަނެއްކާވެސް ޑިމޮކްރޮސީގެ މަގަށް، ރައްޔިތުންގެ ރުހުމާއި، ރައްޔިތުންގެ އެދުމާއި، ރައްޔިތުންގެ ވިސްނުމާއި، ބޭނުން ތަކަށް ހިންގާ ސަރުކާރެއް ހިންގުމަށް، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެންމެ ވަރުގަދައަށް ތެދުވީ ތިނަދޫގެ ރައްޔިތުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، 60 އަހަރުގެ ތެރޭގައި އަނެއްކާވެސް ރާއްޖޭގެ ބޮޑު މައި މަރުކަޒަކަށް ތިނަދޫ ވެގެން ގޮސްފައިވަ ކަމަށެވެ.

ތައުލީމީ ދަރީންނާއި، ސިއްހަތުގެ ހިދުމަތާއި، ވިޔަފާރީގެ ފުރުސަތުތައް، އުމްރާނީ މަސައްކަތްތަކާއި، ދަތުރުފަތުރުކުރުން، ތިނަދޫ އަނެއްކާވެސް ވިދާލައިފި. ތިނަދޫ ރައްޔިތުންގެ އަޒުމު ޝައްކެއް ނެތް އަޅުގަނޑުމެންނަށް ފެންނާން އެބަ ހުރި."

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައިސް މުހައްމަދު ނަޝީދު

ނަޝީދު އިތުރަށް ވިދާޅުވީ އަނެއްކާވެސް ބޭނުންވެގެން މި އުޅެނީ، ރައްޔިތުންގެ ރުހުމާއި، ރައްޔިތުންގެ އެދުމާއި، ރައްޔިތުންގެ ބޭނުންތަކަށް އެކުލަވާލެވޭ ސަރުކާރެއް އެކުލަވާލަން ކަމަށެވެ.

މީގެ އިތުރުން ދައުލަތް ހިންގަމުން ދާން ޖެެހޭނީ، ރައްޔިތުން އެދޭ ގޮތަށް ކަމަށާއި، އެއީ ކުރިންވެސް ތިނަދޫ ރައްޔިތުން ބުނަމުން ދިޔަ ވާހަކައެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝިދު ވިދާޅުވީ، މާލެ އަށް ބަނދަރު ނުކޮށް، މާލެ އަށް ނޫން ތަނަކަށް ބާނާ، ހިއްކާ، ކައްކާ މަސް ނުވިއްކޭނެ ކަމަށް ބުނި ބުނުމުންވެސް އަނެއްކާވެސް ގެއްލުންވެގެން ދިޔައީ، ރައްޖޭގެ ރައްޔިތުންނަށް ކަމަށެވެ. އަދި އެއީ 1960 ގެ އަހަރުތަކުގައިވެސް ތިންދޫ އަތޮޅުގެ ރައްޔިތުންނާއި ތިނަދޫގެ ރައްޔިތުން ވަރިހަމަކޮށް ތިބެން ބޭނުންވި ކަމެއް ނޫން ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.