މާލޭ ގެސްޓް ހައުސްއެއްގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ، މާލެ، މާފަނުންނުގައި ހުންނަ ގެސްޓް ހައުސްއެއްގައި މީހަކު ނިޔާވެފައި އޮތް ކަމުގެ މައުލޫމާތު މިއަދު ހަވީރު 17:51 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ނިޔާވެފައި އޮއްވާ ފެނިފައިވަނީ ހއ.މޮޅަދޫ، އޯސަނިކްވިލާ އުމުރުން 45 އަހަރުގެ އިބްރާހީމް ނަޢީމް އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.