ރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެކަމުގައި ޝާމިލުވާ ފަރާތްތަކުން ކޮށްދޭ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުގެ ފަރާތުން ދޭ "އިންޖިނިއަރސް އެވޯޑު" އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
އިންޖިނިއަރސް އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައި ވަނީ އޮގަސްޓު މަހުގެ 27 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށެވެ.
މި އަހަރުގެ އިންޖިނިއަރުންގެ އެވޯޑު 10 ގިންތިއަކުން ދިނުމަށް މި މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.
އެއީ:
އިންޖިނިއަރ އޮފް ދަ އިޔަރލައިފްޓައިމް އެޗިވްމަންޓް އެވޯޑްޔަންގް އިންޖިނިއަރ އެވޯޑްވިމެން އިން އިންޖިނިއަރިންގ އެވޯޑްއިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސަރޗް އެވޯޑްސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑުއިންޖިނިއަރިންގ ކޮންސަލްޓަންޓް / ކޮންސަލްޓަންސީ ފާރމް އޮފް ދަ އިޔަރ އެވޯޑުސްޓޫޑަންޓް އިނޮވޭޓަރ އެވޯޑުކޮމިއުނިޓީ އިމްޕެކްޓް އެވޯޑުކޮންޓްރެކްޓަރ އޮފް ދަ އިޔަރ އެވޯޑްސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ 'އިންޖިނިއަރސް އެވޯޑު ދިނުމާ ގުޅޭ އުސޫލު' ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކުން މި އެވޯޑަށް ނަން ހުށަހެޅޭނެއެވެ.
އެވޯޑަށް ނަން ހުށަހެޅުމަށް އޮންލައިން އެޕްލިކޭޝަން ފޯމާއި، އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި، އިޤުރާރު ތިރީގައިވާ ލިންކް: https://awards.infrastructure.gov.mv މެދުވެރިކޮށް ލިބޭނެއެވެ.