ވިލާ ކޮލެޖްއިން އެ ކޮލެޖްގެ ސްކޮލާޝިޕް ހައްގުވާ ދަރިވަރުންނަށް ސްކޮލާޝިޕް ދީފިއެވެ.

މި ސްކޫލު ވުޖުދުވުމާއި ހަމައިން ފެށިގެން މި ސްކޮލާޝިޕް އަކީ ކޮންމެ އަހަރަކުވެސް ދެމުން އަންނަ ސްކޮލާޝިޕެކެވެ. އެހެން ނަމަވެސް ފާއިތުވި، 2 އަހަރުގައި މި ސްކޮލާޝިޕްގެ ދާއިރާތަށް ވަނީ ފުޅާވެފައެވެ.

ހަމަ އެގޮތުން މިކަމަށް ހޭދަ ކުރާ ފައިސާގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ.

މިހާރު ސްކޮލާޝިޕް މިދެވެނީ 3 ދާއިރާ އަކުންނެވެ. އެ ދާއިރާ ތަކަކީ ޤާސިމް ސްކޮލާޝިޕް ފޯ އެކްސެލެންސް، މި ސްކޮލާޝިޕް ލިބޭ ދަރިވަރުންނަށް މި ސްކޫލުގައި ހިލޭ ކިޔެވުމުގެ ފުރުސަތު ހަމަޖެހިގެންދެއެވެ. ބިރިލިޔަން ސްޑޫޑެންޓް ސްކޮލާޝިޕްގައި 2 ކެޓަގަރީއެއްވެއެވެ. އެއީ ކެޓެގަރީ 2 އަދި 3 އެވެ. މި ސްކޮލާޝިޕްއަކީ މެރިޓް ބޭސްޑްކޮށް ބަލާފަ، ދަރިވަރުންނަށް ނަތީޖާއަށް ބަލާފައި ދެވޭ ސްކޮލާޝިޕެކެވެ. ދެންނަ އިންނަނީ ސްޕޯޓްސް އެންޑް ކޯކަރިކިޔުލާ ސްކޮލާޝިޕް، މިއީ ސްކޫލު ދައުރުގައި ގްރޭޑް 9 އަދި 10 އެއްގައި އެދަރިވަރުން ކުޅިވަރުގެ ދާއިރާއިން ނުވަތަ އިތުރު ހަރަކާތް ތަކުން އެއް ވަނަ ނުވަތަ ދެވަނަ ހާސިލްކޮށްފައިވާނަމަ މި ސްކޮލާޝިޕަށް ސަރުތު ހަމަވެގެން ދާނެކަމަށެވެ.

ސްކޮލާޝިޕްގެ ޕޮލިސީތަށް އެ ކޮލެޖްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ޤަސިމް ސްކޮލާޝިޕް ފޯ އެކްސެލެންސް ލިބެނީ ގްރޭޑް 10 ނިންމާ އޯލެވެލް އިމްތިހާނުން 1، 2، އަދި 3 ވަނަ ލިބޭ ދަރިވަރުންގެ ތެރެއިން 30 ދަރިވަރަކަށެވެ. އެހެން ނަމަވެސް މިފަހަރު ކުދިން ހަމަވާ ވަރަށް ކުދިން އެޕްނުކުރުމުގެ ސަބަބުން އެޕްލައިކުރި ހުރިހާ ދަރިވަރުންނަށް ވެސް ސްކޮލާޝިޕް ވަނީ ލިބިފައެވެ.

ބިރިލިޔަން ސްޑޫޑެންޓް ސްކޮލާޝިޕް ލިބެނީ ދަރިވަރުންގެ އޯލެވެލް ނަތީޖާގެ ސްކޯއަށް ބަލާ ދޭ ސްކޮލާޝިޕެކެވެ. އެގޮތުން 440 އަކަށް ވުރެ މަތިން ލިބޭ ކަމަށް ވަނީ ނަމަ އެއީ ކެޓަގަރީ 2 އަދި 410 އަކާއި 440އާ ދެމެދުގެ ނަތީޖާ ލިބިފައިވާ ކަމަށް ވަނީ ނަމަ އެއީ ކެޓެގަރީ 3 ކެވެ. މީގައި ހަމައެކަނި ތަފާތަކީ ލިބޭ އެލެވެންސްގެ ތަފާތުވުމެވެ. ބިރިލިޔަން ސްޑޫޑެންޓް ސްކޮލާޝިޕް ބޭންޑް 2ގެ ކުދިންނަށް މަހަކު 1000 ރުފިޔާގެ އެލެވެންސްއެއް ލިބިގެން ދެއެވެ. ހަމަ އެގޮތަށް ބިރިލިޔަން ސްޑޫޑެންޓް ސްކޮލާޝިޕް ބޭންޑް 3ގެ ކުދިންނަށް 500 ރުފިޔާގެ އެލެވެންސްއެއް ލިބިގެން ދެއެވެ. ހަމައެއާއެކު ސްޕޯޓްސް އެންޑް ކޯކަރިކިޔުލާ ސްކޮލާޝިޕް ކުދިންނަށް ވެސް 500 ރުފިޔާގެ އެލެވެންސްއެއް ލިބިގެން ދެއެވެ.