ހ.ފަހިވައި 7 ވަނަ ފަންގިފިލާގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.
ރޯވެ އަނދަމުން ދަނީ ބޮޑުރަސްގެފާނު މަގުގައި ހުންނަ ގެއެއްގައެވެ. އެގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭތީ ނެޝެނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރު (އެންޑީއެމްއޭ) ގެ އިތުރުން ފުލުހުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
ފުލުހުން ބުނީ މިހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 8:41 ހާއިރުކަމަށެވެ. އަދި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ކުރި މަސައްކަތުން އަލިފާން މިހާރު ވަނީ ކޮންޓްރޯލް ކޮށްފައިކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާގައި ހަރަކާތްތެރިވި ފުލުހެއްގެ އަތް ކަނޑައިގެންގޮސް އަނިޔާވުމާ ގުޅިގެން، އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. ނަމަވެސް، ފުލުސް މީހާ އަށް ސީރިއަސް އަނިޔާއެއް ވެފައިނުވާކަމަށްވެސް ފުލުހުން ބުނެއެވެ.
މި ހާދިސާގައި އިތުރު މީހަކަށް އަނިޔާއެއްވި ކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައި ނުވެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ