ގައުމީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދެއްވުމަށް ހަމަޖެއްސެވި ޝަރަފުވެރިކަމުގެ ގައުމީ އިނާމު 3 ބޭފުޅަކަށް ދެއްވައިފި‏ އެެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ހއ. އުތީމުގައި ބޭއްވެވި ރަސްމީ ޖަލްސާގައި، ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ އިތުރުން ޖަމުއިއްޔާއަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 7 ބޭފުޅަކަށާއި ކުންފުންޏަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ދެއްވާފަ އެވެ.

އެގޮތުން މިއަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު އެރުވި 3 ބޭފުޅުންނާއި ޖަމުއިއްޔާތަކަށް ބަލާލާއިރު،

1- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: މުހައްމަދު އާމިރު އަހްމަދު، ފީރޯޒްވާދީ ފަރެސްއަވަށް. ހުސްނުހީނާގެ/ގދ.ފަރެސްމާތޮޑާ

2- އިމާރާތް ކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން: އިބްރާހީމް ރަޝީދު، ވ. ވަސްމީރުފިޔަ

3- ސިއްހީ ދާއިރާއިން: ސޮސައިޓީ ފޮ ހެލްތް އެޑިޔުކޭޝަން (ޝީ)

4- ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން: ނަޖުމާ ހުސައިން، ގ. ނޫރީފެހި

މީގެ އިތުރުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު އެރުވި 7 ބޭފުޅުންނާއި ކުންފުނި ތަކަކީ:

1- އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ހިދުމަތްކުރުމާއި، ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން: ހައްވާ ލަތީފް، މުޝްތަރީގެ، ގއ. ދާންދޫ

2- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: މުހައްމަދު ނަސީރު، ދަނބުގެ، ހދ. ވައިކަރަދޫ

3- ދިވެހި ތާރީހުގެ ދާއިރާއިން:ކޮމާންޑް ސާޖަންޓް މޭޖާ އަބްދުﷲ ސައީދު، ހުޅުމާލެ ފްލެޓް ނަންބަރު 125-G-03

4- ސިއްހީ ދާއިރާއިން: މުހައްމަދު އަހްމަދު، ހުޅުމާލެ ވިނަރެސް 10A-702

5- އިމާރާތްކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން:ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

6- މުއާސަލާތާއި، އިންފޮމޭޝަން ޓެކްނޯލޮޖީގެ ދާއިރާއިން: އަރުޝަދު އަހްމަދު، ފަހިވާ، ހއ.އުލިގަން

7- ކުޅިވަރުގެ ދާއިރާއިން: އާއިޝަތު ނައުރާ، ހ. ސީޓް

8- ވިޜުއަލް އާޓްސްގެ ދާއިރާއިން: އިސްމާއީލް އަބްދުލްގަފޫރު، ހ. އަރިހިޔާ

ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި، އަލްމަރްހޫމް އިހްސާން އަބްދުލްގަނީގެ ހަނދާނަށް ހިދުމަތުގެ ގައުމީ އިނާމު ވަނީ އަރުވާފައެވެ.

ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، ރައީސް އުފައްދަވާފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީން ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސް ދެއްވީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސް ދެއްވީ ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.