ރާއްޖޭގެ 71 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމަށް ބޭނުންވާ ސާމާނު އެޗްޑީސީން އެ ރަށްތަކަށް ފޮނުވަން ފަށައިފިއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި އެޗްޑީސީން ބުނީ މިއީ ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އެޗްޑީސީން 71 ރަށެއްގައި ފަށާފައިވާ އައުޓްޑޯ ޖިމް ތަރައްގީ ކުރުމުގެ މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ކަމަށެވެ.
އެގޮތުން މި އަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން އެޗްޑީސީއާ ހަވާލުކުރެވުނު 71 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި އެ ހުރިހާ ރަށެއްގައި މަސައްކަތް ކުރިއަށް ދާ ކަމަށް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ.
ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރުގެ ނިޔަލަށް، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ޤާއިމްކޮށް، ރައްޔިތުންނަށް ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމެވެ.