މިއަދު ފާހަގަކުރަމުންދާ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ކުރީގެ ތިން ރައީސުން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.
އެގޮތުން ޤައުމީ ދުވަހުގެ މުނާސަބަތުގައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް އާއި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދުވަހުގެ ތަހުނިޔާ ފޮނުވާފައެވެ.
މި ތިން ބޭފުޅުން ވެސް ތަހުނިޔާ ފޮނުވާފައިވަނީ އެކްސްގައި ކުރެއްވި ހާއްސަ ޕޯސްޓެއްގައެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް އެކްސްގައި ހިއްސާކުރެއްވި މެސެޖުގައި ވިދާޅުވީ ރާއްޖޭގެ ފަހުރުވެރި ގައުމީ ދުވަހުގެ އިހްލާސްތެރި ހެޔޮ އެދުންތައް އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނަށް ދަންނަވަނީ ނުހަނު އުފަލާއެކުކަމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ދިވެހި ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ހަގީގީ ޤައުމިއްޔަތަކީ ޤައުމުގެ ސިޔާދަތާއި، ރައްޔިތުންގެ ޙައްޤުތަކާއި މިނިވަންކަމާއި، ދީމުޤްރާތީ ހަމަތައް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކޮށް ދެމެހެއްޓުންކަމަށެވެ.
މީގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވާފައެވެ.
އެ މަނިކުފާނުގެ ޕޯސްޓުގައި ވެސް ވަނީ ގައުމީ ދުވަހުގެ ތަހުނިޔާ އެންމެހާ ބޭފުޅުންނަށް އަރިސް ކުރައްވާ ކަމަށެވެ.