ޑްރޯން ގަންނަން ރާއްޖެއަށް 1 މަސްދުވަހުގެ ތެޔޮ ގެންނަން ދާހާ ފައިސާ ދިޔަ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

މިރޭ ކުރިއަށް ގެންގޮސްފައިވާ ޑޮލަރު ސައްލާ ޕެނަލް ޑިސްކަޝަން ގައި ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ، މި ސަރުކާރުން، ވެރިކަމާ ހަވާލުވުމަށް ފަހު ފުރަތަމަވެސް ގަތީ ޑްރޯން ކަމަށެވެ. އަދި ޑްރޯން ގަންނަން ރާއްޖެއަށް 1 މަސްދުވަހުގެ ތެޔޮ ގެންނަން ކުރާހާ ފައިސާ، ނުވަތަ 50 މިލިއަން ޑޮލަރު ދިޔަ ކަމަށް އަމްރު ވަނީ ވިދާޅުވެފަ އެވެ.

އަމްރު ވިދާޅުވީ، އެއީ ކީއްކުރަން ގަތް ޑްރޯން ތަކެއް ކަންވެސް ސަރުކާރުން ހާމަކޮށްފައި ނުވާ ކަމަށެވެ.

އެއްވެސް ހިޔާލެއް ފިކުރެއް ނެތި ތެޔޮ ގެންނަން 1 މަސްދުވަހުގެ ފައިސާ ޓަސްލާފަ ގެންގޮސް ޑްރޯނެއް ގަންނަން އެއީ ކީއްކުރަން ކުރާ ކަމެއް ކަންވެސް ރައްޔިތުންނަށް ސާފުނުކޮށްދީ، އެކަން ކޮށްލީ"

އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، ހުސައިން އަމްރު

އަމްރު ވަނީ ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއަށް ރިއާޔަތްކޮށް، ސީދާ ކަނޑަށް ފައިސާ އަޅަމުންދާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި ބަޔަކަށް ގެދޮރުވެރިކަން ފޯރުކޮށްދޭން ބޭނުން ނަމަ ހުޅުމާލޭގައިވެސް މާލޭގައިވެސް ހުސް ބިންތައް އެބަހުރި ކަމަށް އަމްރު ވިދާޅުވި އެވެ.

ބަޔަކަ ށް ގޯތިގެދޮރު، ބޯހިޔާވެހިކަން ދޭކަމަށް ވަނީ ނަމަ ހުޅުމާލޭގައި އެބްހުރި ބިންތއް، މާލޭގައި އެބަހުރި ހުސް ބިންތައް ހަމަ އަޅަންވީނޫންތޯ ޓަވަރުތައް، އަޅާފަ ދޭންވީނޫންތޯ، އެ މަސައްކަތް މާލޭގަޔާ ވިލިމާލޭގަ ފެށިނަމަ މިޔަދު ތިބޭނީ އެތަނަށް ވަދެ އެންނޫންތޯ މީހުން، "

އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، ހުސައިން އަމްރު

އަމްރު އިތުރަށް ވިދާޅުވީ އެއީ ރާއްޖޭގެ އެއް އަހަރުގެ ބަޖެޓު އޮތް ގޮތަށް ކަމަށެވެ.