ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 450 ގްރާމްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފި އެވެ.
ކަސްޓަމްސްއިން އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ، އެތަކެތި އަތުލައިގަނެފައިވަނީ އޮގަސްޓް 05 ވަނަ ދުވަހު އިންޑިއާ އިން ރާއްޖެއައި އިންޑިއާގެ ފަސިންޖަރެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާކަމަށް ޝައްކުކުރެވިގެން، އެފަސިންޖަރުގެ ލަގެޖް ބަލާފާސްކުރުމުގެ ތެރެއިން ކަމަށެވެ.
ކަސްޓަމްސްއިން ވަނީ އަތުލާގަނެފައިވަނީ ކެނަބިސް ކަން ފާހަގަކޮށް ބަރުދަނުގައި ޖުމްލަ 450 ގްރާމް ހުރިކަމަށް ބުނެފަ އެވެ.
ކަސްޓަމްސް އިން އަންނަނީ މަސްތުވަތަކެތި ރާއްޖެއަށް އެތެރެކުރުން ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ.