ނުހައްގުން ދައުލަތަށް ނެގިކަމަށް ބުނާ ކުއްޖާގެ މައްސަލަ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް، އެޗްއާރްސީއެމް އިން ބަލަމުންދާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަނުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ވިހެއުމަށްފަހު ތުއްތު ދަރިފުޅު މަންމަގެ ނުރުހުމުގައި ނުހައްގުން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ކަމަށް ބުނެ މީސްމީޑިއާގެ މަންސަތަކުގައި ދައުރުވަމުންދާ މައްސަލަ އަމިއްލަ ފަރާތަކުން އެކޮމިޝަނަށް ހުށައަޅާފައިވާ ކަމަށެވެ.
އެ ކޮމިޝަނުން ބުނީ، މި މައްސަލަ އެ ކޮމިޝަނުން ދަނީ ބަލަމުން ކަމަށެވެ.
މިކަން އެޗްއާރްސީއެމް އިން ހާމަކޮށްފައިވާ އިރު، ދައުލަތަށް ކުއްޖަކު ނެގުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ނެގޭނޭ އެންމެ ފަހުގެ ފިޔަވަޅު ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ އިން ވަނީ އިއްޔެ ބުނެފަ އެވެ.