'ނިވޮލުމަބް' ކިޔާ އިންޖެކްޝަނެއް ރާއްޖެ އެތެރެ ކުރުން މަނާ ކޮށްފި އެވެ.

ސިއްހަތާއި އާއިލާއާއި އިޖްތިމާއީ އެހީއާ ބެހޭ ވުޒާރާ އިން އާންމުކޮށްފައިވާ އެލާޓެއްގައި ބުނީ، ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ ތިރީގައިވާ އިންޖެކްޝަންގެ ފޯލްސިފައިޑް (އަސްލާ އެއްގޮތަށް ނަކަލުކޮށްގެން ހަދާފައިވާ) ބެޗު ނަންބަރު: 8081399، ރާއްޖެއަށް އެތެރެ ކޮށްފައިވާ ކަންވަނީ ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

އެ އިންޖެކްޝަން އުފައްދާފައި ވަނީ، ސްވޯޑްސް ލެބޯޓްރީސް އަންލިމިޓެޑް ކޮމްޕެނީ t/a ބްރިސްޓަލް މަޔާސް ސްކިބް ކްރޫޒްރަތު ބަޔޮލޮޖިކްސް، އަޔަލޭންޑުން ކަން ވުޒާރާއިން ވަނީ ފާހަގަކޮށްފަ އެވެ.

އެ ވުޒާރާއިން ބުނީ، މިބޭހުގެ ފާހަގަކޮށްފައިވާ ބެޗު، އެއްވެސްގޮތަކަށް ރާއްޖެ އެތެރެކޮށް، ވިއްކާ އަދި ބޭނުން ކުރުމަކީ މަނާކަމެއް ކަމަށެވެ.