ގޭގައި ތިބެގެން ފަސޭހަ ކަމާ އެކު މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ވިލާ ގޭހަށް އޯޑަރުކޮށްލެވޭނެ ކަމަށް ވިލާ ހަކަތައިން ބުނެފި އެވެ.

ވިލާ ހަކަތައިން ބުނީ މި އެޕްލިކޭޝަންގެ ބޭނުންކުރުމަކީ ކަސްޓަމަރުންނަށް ވަގުތު ސަލާމަތްވެ، ޑެލިވަރީ ވެސް އަވަސްވެގެންދާނެ ކަމެއް ކަމަށެވެ.

ވިލާ ގޭސް އެޕްލިކޭޝަންhttps://appurl.io/K4kB77Bi2pމެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެ އެވެ.

ވިލާހަކަތައިން ބުނީ މި އެޕް މެދުވެރިކޮށް ވިލާ ހަކަތައިގެ ކަސްޓަމަރުންނަށް ގޭހުގެ އިތުރުން ގޭސް ގުޅުމަށް ބޭނުންވާ އާލާތްތައް ވެސް ލިބެން ހުންނާނެ ކަމަށާ މި އެޕް ފަރުމާކޮށްފައި ވަނީ ކަސްޓަމަރުންނަށް އެކައުންޓްގެ މައުލޫމާތާއި ޕޭމަންޓް ހިސްޓްރީ ވެސް ފެންނާނެ ގޮތަށް ކަމަށެވެ. އަދި މިއީ ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ޚިދުމަތް ހޯދުމުގައި ލުއިފަސޭހަކަން ދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވިލާހަކަތައިން ވަނީ ބުނެފައެވެ.

ވިލާ ގޭހަކީ ރާއްޖޭގައި އެންމެ ފުރަތަމަ އެލްޕީޖީގެ ހިދުމަތް ދޭން ފެށި، ވިލާ ހަކަތަ ޕްރައިވެޓް ލިމިޓެޑްގެ ރީޓެއިލް ބްރޭންޑެކެވެ. އެ ބްރޭންޑްގެ އެންމެ ބޮޑު މަގުސަދަކީ ރައްކާތެރި އަދި ސާފު، ކައްކާ ގޭސް މާކެޓަށް ފޯރުކޮށްދިނުމެވެ. ރާއްޖޭގެ އެންމެ ބޮޑު އެލްޕީޖީ ސްޓޯރޭޖް ފެސިލިޓީ އާއި ގާބިލު ޓީމެއް ހިމެނޭ ވަރުގަދަ އިންފްރާސްޓްރަކްޗަރާ އެކު، ވިލާ ގޭސް ވެގެން ގޮސްފައި ވަނީ ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އަދި އިތުބާރުކުރެވޭ ބްރޭންޑަށެވެ.

ވިލާ ހަކަތައަކީ ރާއްޖޭގައި 2000 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހަކަތައިގެ ބާވަތްތައް ކަމަށްވާ އެލްޕީޖީ، ޑީސަލް، ޕެޓްރޯލް، މެރިން ގެއޮއިލްގެ އިތުރުން ސިމެންތި އަދި ކޮންސްޓްރަކްޝަން ސާމާނުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުންޏެވެ.