މުހިންމު މަސައްކަތްތަކެއް ނިންމަން ހުރުމުން 20 ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ދަންމާލަން ހުށަަހަޅައިފިއެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދެވަނަ ދައުރު ނިމޭނީ ޖޫން މަހުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. އަދި މި ދައުރުގެ ފަހު ޖަލްސާ ބާއްވަން ޖެހޭނީ ދައުރުގެ އެންމެ ފަހު ބުރާސްފަތި ނުވަތަ ހޯމަ ދުވަހު ކަމަށް ކަނޑައަޅާފައި ވާތީ، މި ހިނގާ ދެވަނަ ދައުރުގެ ފަހު ޖަލްސާ އޮންނާނީ މާދަމާއެވެ.
ނަމަވެސް މި މަހުގެ 20 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދައުރު ދަންމާލުމަށް ރިޔާސަތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވަނީ މިއަދު މަޖިލީހަށް ހުށަހަޅުއްވާފައެވެ.
މަޖިލީހުގައި ކުރަން ހުރި މުހިންމު މަސައްކަތްތަކުގެ ތެރޭގައި، ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތައް ހިންގަން ބޭނުންވާ ބިން ކަައުންސިިލްގެ އިހުތިސާސުން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބޭގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ މަސައްކަތްވެސް ހިމެނެއެވެ. އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލަ ވެސް އަންނަ ހަފުތާގައި ކުރިއަށް ގެންދާނެ ކަމަށް ބެލެވެއެވެ.
މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ދަންމާލަން ހުށަހެޅި އިރު, މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގައިވެސް މުހިންމު މަސައްކަތްތަކެއް ހުރުމުން ދައުރު ވަނީ ދަންމާލާފައެވެ.