ކުރީ ސަރުކާރުގެ ވެރިކަން ނިމުނުއިރު ސޮވެރިއަން ޑިވަލޮޕްމެންޓް ފަންޑުގައި ހުރި ފައިސާގެ އަދަދަކީ 2 މިލިޔަން ޑޮލަރަށް ވާ ވަރުގެ ދިވެހި ރުފިޔާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފޭދޫ ދެކެނު ދާއިރާގެ އިބްރާހިމް ދީދީ ވަނީ ނޮވެންބަރު 23 ވަނަ ރައީސް ވެރިކަމާއި ހަވާލުވިއިރު މަސްވެރިންނަށް ދަރަނީގެ ގޮތުގައި ދަށްކަންޖެހޭ ދަރަނީގެ ގޮތުގައި ފައިސާ ނުދެއްކިއޮތީ ކިހާ ވަރެއްތޯއާއި މިހާރު އެ ނިސްބަތް ކުޑަކުރެވިފައިވަނީ ކިހާ ވަރަކަށްތޯ ސުވާލުކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، 19 ވަނަ މަޖިލީހުގައި ތިއްބެވި ބޭފުޅުންވެސް ދެން ވެރިކަމަށް އަންނަ ބޭފުޅުން ވާނެ އުނދަގުލުގެ ވާހަކަ ދެއްކެވި ކަމަށާއި 2026 ވަނަ އަހަރަކީ މާލީ ގޮތުން ދިވެހިރާއްޖެ ބަނގުރޫޓުވެދާނެ އަހަރެއްގެ ގޮތުގައި ފާހަގަކުރިކަމަށެވެ.

ވަޒީރު ވިދާޅުވީ، އޭރުވެސް 2026 ވަނަ އަހަރުގެ ލޯނު ދެއްކޭނެ ގޮތަކާ މެދު ވިސްނަވަމުން އެބޭފުޅުން ވަޑައިގެން ކަމަށާއި އެހެންނަމަވެސް ލޯނު ދެއްކުމަށްޓާކައި އެއްވެސް މަސައްކަތެއް ކުރައްވާފައިނުވާ ކަމަށެވެ.

މަސްވެރިންނަށް ދައްކަން އޮތް 250 މިލިޔަން ރުފިޔާ. 250 މިލިޔަން ރުފިޔާ ނުދައްކަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރާއި ދޭތެރޭގައި ވެސް މަހުގެ އަގު. އޭރުގައި 17 ރުފިޔާއަށް ހުރި މަހުގެ އަގު 25 ރުފިޔާއަށް ހެއްދެވީ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް

ރައީސުލްޖުމްހޫރިއްޔަ ވަޑައިގަތީ ތަސައްވަރަކާ މެނިފެސްޓޯއަކާ އެކީގައި ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެ މެނިފެސްޓޯގައި މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދައްކާ ހަލާސް ކުރައްވާނެ ވާހަކަ އޮންނާނެ ކަމަށެވެ.

ދައުލަތުގެ ކުންފުނި މިފްކޯއަށް ގަންނަ މަސް ކަމިގައިވާނަމަ 48 ގަޑިއިރު ތެރޭގައި އެ މަސްވެރިންނަށް އެ ފައިސާ ދައްކާ ހަލާސް ކުރާނެ ކަމަށާއި ޕްރައިވެޓް ކުންފުނިތަކަށް ވެސް މަސް ބޭނުން ވަންޏާ ހަމަ މިފްކޯއޭ އެއްފަދައިން އަމަލު ކުރައްވަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިހާރު މަހުގެ ލާރި ނުލިބިގެން ޝަކުވާއެއް ނާންނަކަން ވެސް ވަީރު ވަނީ ފާހަގަކުރައްވާފައެވެ.